ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ ސާބިތުވެ ޖަލަށް ލާފައި ހުރި އެ ކުއްޖާގެ ކާފަ، އެ ރަށު/ ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އޭނާ އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.
ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާ ކަމަށް ރޭ ދަންވަރު 2:40 ގައި ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އިބްރާހިމް ދީދީއަކީ ހައި ބަލްޑް ޕްރެޝަރު، ކޮލެސްޓްރޯލް އަދި ޓްރެމާސް ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.
ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި ހާދިސާއަކީ 2020 ވަނަ އަހަރުގެ ކުރީކޮޅު ފެންމަތިވެ މުޅި ރާއްޖެ ސިއްސުވާލި މައްސަލަ އެކެވެ. އެ މައްސަލައިގައި އިބްރާހިމް ދީދީގެ އިތުރުން ކުއްޖާގެ މުނިކާފަ ހަސަން މޫސާ ދީދީ ހައްޔަރުކޮށް ދައުވާ ކުރި އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ އާއިލާގެ މެމްބަރެއްގެ ގޮތުގައި ހުރެ އާއިލާގެ ކުއްޖާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދެ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2022 ވަނަ އަހަރު އެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ދުވަހެވެ.

11 Comments
ގުޅުންހުރި
އާބާދީ ކުޑަޔަސް، ބްލޮކް ގްރާންޓުގެ ފައިސާ އިތުރުކޮށްދޭން ނިންމައިފި
އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓް ދެ ގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
ގެއްލިގެން ހޯދަމުންދިޔަ ޒުވާނީ ހުރީ ރަށެއްގައި: ފުލުހުން
ފުރޮޅާލި ޕިކަޕް ބާރު ސްޕީޑުގައި ދުއްވާފައިވާތީ ފިޔަވަޅު އަޅައިފިން: ފުލުހުން
އަންހެނުންނަށް ހަމަހަމަކަން ލިބިގެން ދިޔައީ އިސްލާމްދީން ބާވައިލެއްވި ހިސާބުން: ހުތުބާ
އައްޑޫގައި މަސްވެރިކަމުގެ ލޮޖިސްޓިކް ހަބެއް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކަށް