ރަސްފަންނާއި ސަލްޓަން ޕާކުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އިތުރަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ތަރައްގީ ކުރެއްވި ރަސްފަންނަށް މިއަދު ރައީސްގެ ދެކަނބަލުން ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްފަންނާއި ސަލްޓަން ޕާކު ވީރާނަވަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ. އެ ދެ ތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިއަށްވުރެވެސް ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން،“ ރައީސް ވިދާޅުވި އެވެ.
ސާޅީސް މިލިއަން ރުފިޔާ ހަަރަދުކޮށްގެން ހެދި ރަސްފަންނު ހުޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ރަސްރަނި ބަގީޗާގެ ނަމުގައި ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހުޅުވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެތަނުގެ ބޮޑު މަސައްކަތެއް ކުރީ އެމްއެންޑީއެފުންނެވެ.
ސަލްޓަން ޕާކުގެ ރީތިކަން އަނބުރާ ގެނެސްދޭން ސަރުކާރުން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އިރު، މާލެ ސިޓީ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ބުނާ ގޮތުން ސަލްޓަން ޕާކު ތަރައްގީކޮށް ހުޅުވި ފަހުން އެއްވެސް މަރާމާތެއް އެތަނުގައި ކޮށްފައެއް ނެތެވެ.
އެހެންވެ ޕާކުގައި ހުރި އިމާރާތްތަކާއި އެހެނިހެން ތަންތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވާން ފަށާފައިވާއިރު އެ ތަނުގެ އެސެސްމެންޓެއް ކައުންސިލުން ހަދާފައިވާ ކަމަށްވެސް ބުންޏެވެ. އަދި ޕާކު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

37 Comments
ގުޅުންހުރި
ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް،
”ޕާޓީ“ ކުރި ކަމަށް ތުހުމަތުވާ އިޒްދިޔާން ވަކިކޮށް، ދާއޫދު ސަސްޕެންޑް ކޮށްފި
ޒުވާނާ ވެއްޓުނު ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން: ރައީސް
ޕްރެސް ހިނގަމުންދިޔަ ވަގުތު މިނިސްޓަރު އަމީން, ސީޕީ ޝުޖާއު އަށް ގުޅި!
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނޯންނާނެ: ރައީސް
ޔުމްނާ އާއެކު އުޅުނު ރައުދު އެއްބާރުލުމެއް ނުދޭ، ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް،
”ޕާޓީ“ ކުރި ކަމަށް ތުހުމަތުވާ އިޒްދިޔާން ވަކިކޮށް، ދާއޫދު ސަސްޕެންޑް ކޮށްފި
ޒުވާނާ ވެއްޓުނު ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން: ރައީސް
ޕްރެސް ހިނގަމުންދިޔަ ވަގުތު މިނިސްޓަރު އަމީން, ސީޕީ ޝުޖާއު އަށް ގުޅި!