ބޯމަތިވެފައި މި އޮތީ ރޯދަ މަހެވެ. އެއާއެކު މި ދުވަސްވަރު އެންމެންވެސް ދައްކަނީ އެއް ވާހަކައެކެވެ. ހިކި ކިރު އަގުބޮޑު ވާހަކަ އެވެ. ހާއްސަކޮށް ދިވެހިން އާންމުކޮށް ބޭނުންކުރާ ކޯސްޓް ހިކި ކިރުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފި އެވެ. ދަޅެއްގެ އަގު 400 މައްޗަށް ގޮސް، ރަނަށް ވެއްޖެ އެވެ. ކުޑަކުދިންވެސް އާންމުކޮށް ބޭނުންކުރާ އެ ބާވަތުގެ އަގުބޮޑުވުމުން ބައެއް ދިވެހިން ތިބީ ގޮތްހުސްވެފަ އެވެ. އޮތް ހައްލަކީ ކޮބައިތޯ އަހަ އެވެ.
އެކަމަށް އެސްޓީއޯ އިން ދެނީ އަލް ނޫރުގެ ހައްލެވެ. އެއީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުހެޔޮ ހިކި ކިރެވެ.
އަލް ނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، “އޮމާން ފުޑްސްޓަފް”ގެ އުފެއްދުމެކެވެ. މި ކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ.
އަލްނޫރު ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2500 ގުރާމުގެ ޕެކެޓު އެސްޓީއޯ އިން އަންނަނީ ވިއްކަމުންނެވެ.
އެގޮތުން 800 ގުރާމުގެ ޕެކެއްޓެއްގެ އަގަކީ 110 ރުފިޔާ އެވެ. 1800 ގުރާމް 220 އަށް ވިއްކަމުން އަންނައިރު، 2500 ގުރާމް ވިއްކަމުންދަނީ 260 ރުފިޔާ އަށެވެ. އެއީ މި ވަގުތު ބާޒާރުގައި ހިކި ކިރު ލިބެން ހުރި އަގަށްވުރެ ދެގުނަ އަގުހެޔޮވުމެކެވެ.
އެސްޓީއޯގެ ބޭނުމަކީ މިފަދަ ބްރޭންޑްތައް އަގުހެޔޮކޮށް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ގަންނަން ލިބޭނެ ގޮތް ހަމަޖައްސައި ދިނުމެވެ.




2 Comments
ގުޅުންހުރި
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި