އޮކްޓޯބަރ 21, 2025

ކެބިނެޓް ބައްދަލުވުން ބޭއްވި ވާހަކަ ދޮގުކޮށް އަދަދު ނޫހުގެ މައްސަލަ އެމްއެމްސީއަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓި ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރި މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެ ނިންމުން ނިންމިތާ އިރުކޮޅެއް ތެރޭގައި ”އަދަދު“ ނޫހުން ގެނެސްދިން ހަބަރެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަރިކޮޅެއްކުރައްވަން ހަމަޖެހިފައިވީ ނަމަވެސް ކެބިނެޓް ބައްދަލުވުމަށް ވަގުތު ދިނުމުގެ ގޮތުން އެ ފަރިއްކޮޅު ކެންސަލްކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހަބަރު ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓު ބައްދަލުވުމެއް މި ސުރުހީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ހީނާ ވިދާޅުވީ އެއްވެސް ސައްހަ ކަމެއް ނެތް އެފަދަ ދޮގު މައުލޫމާތެއް ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭވެ ކަމެއް ނޫން ކަމަށެވެ.

އެހެންވެ އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ. އެ މައްސަލައިގައި ދައުލަތުން ވަކާލާތު ކުރެއްވީ ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެންނުވާ ކަމަށެވެ.

2 Comments

  • Mohammed Shareef ފެބްރުއަރީ 18, 2025

    ހީނާބިރުދެއްކުން ހުއްޓާލާ

  • Ahmed Shujaau ފެބްރުއަރީ 18, 2025

    Meege kurin dhogaa makarun ulhunu bayaku mihaaru haadha fidiey dhw kamakaa jehuneema hajameh nukureveyne kahzaabu groupakah

Leave a Reply to Mohammed Shareef Cancel reply