ނޮވެމްބަރ 6, 2025

އިންޑިއާގައި 7 މަހުގެ ތުއްތު ކުއްޖަކު ރޭޕްކުރި މީހަކު ދަންޖައްސައި މަރަން ހުކުމްކޮށްފި

އިންޑިއާގައި ހަތް މަހުގެ ތުއްތު ކުއްޖަކު ވަގަށް ނަގައިގެން ގޮސް އެ ކުއްޖާ ރޭޕްކުރި މީހަކު ދަން ޖައްސައިގެން މަރަން އެ ގައުމުގެ ކޮލްކަޓާގައި ހުންނަ ކޯޓަކުން ހުކުމްކޮށްފި އެވެ.

އެ ކުށް ކުރި ރަޖީބް ގޯޝް ނަމަކަށް ކިޔާ މީހާ, އެ އަމަލު ހިންގާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އޭނާ ފިލައިގެން އުޅެނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮލްކަޓާގައި ހުންނަ ޖިންސީ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނު (ޕޮކްސޯ)ގެ ދަށުން އުފައްދާފައިވާ ހާއްސަ ކޯޓަކުން އިއްޔެ ކުރި ހުކުމުގައި ވަނީ ރަޖީބަށް އިއްވި މަރުގެ ހުކުމް 75 ދުވަސް ތެރޭގައި ތަންފީޒު ކުރުމަށެވެ.

ރަޖީބް ރޭޕްކުރި ހަތް މަހުގެ ތުއްތު ކުއްޖާ އަދިވެސް ދަނީ ފަރުވާ ހޯދަމުންނެވެ.

މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ހުޅަނގު ބެންގާލްގެ ކޯޓުތަކުން މަރަން ހުކުމްކުރި ހަތް ވަނަ މީހާ އެވެ.

3 Comments

  • Ahmed Naail ފެބްރުއަރީ 19, 2025

    👏🏽👏🏽👏🏽

  • Scarlet Naa ފެބްރުއަރީ 19, 2025

    👏👏👏👏👏🥳🥳🥳🥳🥳

  • Aasha Ismail ފެބްރުއަރީ 19, 2025

    Dhan jassany keekkuran. Dhiri huhtaa andhaalan veee😳

Leave a Reply to Ahmed Naail Cancel reply