ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް ބެހުމުގައި ސްޓެލްކޯގެ މުވައްޒަފުންވެސް ބައިވެރިވެއްޖެ އެވެ.
މަސްދަޅު ކޭސް ބެހުމުގައި ސްޓެލްކޯގެ މުވައްޒަފުން ހަރަކާތްތެރިވަމުންދަނީ ޕޮލްކޯ ޓަވަރުގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، މަސްދަޅު ކޭސް ބެހުމަށް ސަރުކާރުން މިހާރު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ކިއުގެ ތަކުލީފު ވީހާވެސް ކުޑަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، އެ އިންތިޒާމުތަކުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންވެސް ބައިވެރިވެފައިވާ ކަމަށެވެ.
އަދި މިފަދަ ކަންކަމުގައި މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ކިއުގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވި އެވެ. އެހެންވެ މިނިސްޓްރީން އިއްޔެ ވަނީ މަސްދަޅު ކޭސް ބަހަން އިތުރު ތަންތަން ހަމަޖައްސައިފަ އެވެ.
އެގޮތުން މިވަގުތު 13 ތަނަކުން މަސްދަޅު ކޭސް ބަހަމުންދާއިރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރޭގަނޑެވެ. އަދި މަސްދަޅު ކޭސް ބެހުމަށްޓަކައި މިހާރު ވަނީ ޓޯކަން ނިޒާމެއްވެސް ތައާރަފުކޮށްފަ އެވެ.




3 Comments
ގުޅުންހުރި
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
ޔާމީންގެ ޖަލްސާއަށް ކަރަންޓް ނުދީފާނެތީ އަމިއްލައަށް ކަރަންޓު ދޭން ޖަނަރޭޓަރެއް ބަހައްޓައިފި
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު
ނުކުޅެދުންތެރިކަން ހުންނަ އިތުރު 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ، ޖުމުލަ އަދަދު
ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ