ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ޔަޒްމީދު މުހައްމަދު އައްޔަންކޮށްފި އެވެ.
ޔަޒްމީދު އެ މަގާމަށް އައްޔަންކުރީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނުގެ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އައްޔަންކުރި ގާނޫނީ ވަކީލު މުހައްމަދު ސަމީރު ވަކިކުރުމަށްފަހު އެވެ. ސަމީރު އެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 23، 2023 ގަ އެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި އޭނާ ވަކިކުރުމަށް ފަހު ޖޭއެސްސީގައި ރައީސް ތަމްސީލު ކުރުމަށް ޔަޒްމީދު އައްޔަނުކޮށް މަގާމުގެ ފަތްކޮޅު އޭނާއާ ވަނީ ހަވާލުކޮށްފަ އެވެ.
ޔަޒްމީދަކީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓެއްގެ ގޮތުގައި އުފަން ރަށް ގއ. ވިލިނގިލީ ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވި ބޭފުޅެކެވެ.
އޮޑިޓް މެނޭޖަރެއްގެ ގޮތުގައި އޮޑިޓް އޮފީހުގައި 12 އަހަރު މަސައްކަތް ކުރެއްވި ޔަޒްމީދަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކޮމިޝަނަރެއްގެ މަގާމު ފުރުއްވި ބޭފުޅެކެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓު ފަނޑިޔާރަކާއި ދަށު ކޯޓު ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ވަކީލުން ތަމްސީލްކުރަން މެންބަރެއްގެ އިތުރުން ރައީސް އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބެވެ.

2 Comments
ގުޅުންހުރި
ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް
މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި
މައީޝާގެ ދަރިއެއް ނުހުރޭ، އެކަމަކު ރިޕޯޓުކުރީ އޭނާ ދަރިއަށް ރިޕޯޓުކުރާ ކަމަށް!
ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ ދިވެހި ޓީޗަރުގެ ބަންދަށް 30 ދުވަސް
ސްޓެލްކޯގެ 500،000 ގަސް އިންދުމުގެ ޕްރޮގްރާމް: 74،000 އަށްވުރެ ގިނަ ގަސް
ފީފާގެ ރައީސް އާއި ރައީސް މުއިއްޒުގެ ފުޓްބޯޅަ މެޗެއް މާދަމާ