ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރާ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ހުށަހަޅުއްވާފަ އެވެ. އެއީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހުށަހަޅައިފައިވާ އިސްލާހެއް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
މީކާއިލް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައާއި ގުޅިގެން މަޖިލިސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ކުއްލި މައްސަލައިގައި މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ހަމަނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ޖަލްސާއަށް ހުށަނޭޅޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
”އިއްޒަތްތެރި މެންބަރު ފޮނުއްވި ކުއްލި މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެއްގައި ހިނގާނެ ބަހުސަކާ ގުޅޭ މައުޟޫއަކަށް އޮތް މައްސަލައަކަށް ވާތީ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) ގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާތީ އެ މައްސަލަ މި ޖަލްސާއަށް ހުށަހެޅެން ނެތް ވާހަކަ ދަންނަވަން،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ކުއްލި މައްސަލައިގައި މީކާއީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުންނާއި ނުފޫޒު ފޯރުވުމުގެ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަމުންދާ ކަމާއި، ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ސަރުކާރުން އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށެވެ.
”މި ބިލު މަޖިލީހުން ފާސްވެގެން ގޮސްފިނަމަ، ގާނޫނު އަސާސީން އެކަށައަޅާފައިވާ ތިން ބާރު ވަކިވެފައި އޮތުމުގެ ނިޒާމު ރޫޅި، ގާނޫނު އަސާސީ އެކަށައަޅާފައިވާ އެންމެހައި ހަމަތަކަށް ބުރޫއަރައި، މުޅި ދައުލަތުގެ އެންމެހައި ބާރުތަކެއް ސަރުކާރުގެ އަތްމައްޗަށް ފުރޮޅިގެންދާނެ ކަމަށް ފެނޭ،“ މީކާއިލް ވިދާޅުވި އެވެ.
”ގާނޫނުއަސާސީގެ ދަށުން މިނިވަން ބާރެއް ގޮތުގައި ގާއިމު ކޮށްފައިވާ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅައި އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ފެންމަތިވުމަކާ ނުލައި، ފަނޑިޔާރުން މަގާމުން ވަކި ކުރެވޭ ގތަށް ފާސްކުރާ ގާނޫނަކީ، ގާނޫނު އަސާސީއާ ހިލާފަށް ފާސް ކުރެވެގެންދާނެ ކަމެއް ކަމުގައި ދެކެން،“

ގުޅުންހުރި
އަބްދުއްރަހީމާއި ޝިޔާމް އަޅުގަނޑު ދޫކޮށްދިއުމުން ހިތަކަށް އެއްވެސް އެއްޗެއް ނާރާ: ޔާމީން
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ދަންވަރު ކޮމިޓީ ބާއްވައި، ބައި-އިލެކްޝަންސް ނުބާއްވާ ބިލު ފާސްކޮށްފި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު