ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ކޮންމެ ގެއަކަށް ބިސް ކޭހެއް ހަދިޔާކުރަން ނިންމައިފި އެވެ.
މުހައްމަދު އިސްމާއީލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިލިމާލެ ދާއިރާގެ ހުރިހާ ރޯދަމަހުގެ ތަހުނިޔާ ފޮނުވުމަށްފަހު ވިދާޅުވީ ދާއިރާގެ ހީވާގި ރައްޔިތުންނަށް ރޯދަ ހަދިޔާއެއް ފޯރުކޮށްދިނުމަށް އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ.
”ވީމާ ބަރަކާތްތެރި ރަމަލާންމަހުގެ ރޯދަ ހަދިޔާއެއްގެ ގޮތުގައި މި ހަފުތާ ތެރޭގައި ކޮންމެ ގެއަކަށް ބިސްކޭހެއް ފޯރުކޮށްދެމުންދާ ވާހަކަ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ“ މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ރޯދަމަހުގެ މަތިވެރި އަޅުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފަސްވަގުތު ޖަމާއަތުގައި ނަމާދަ ކުރުމަށާއި ގުރުއާން ކިޔެވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ނުބައިކަންތައް ނަހީކުރުމަށާއި އާއިލީ ގުޅުން ބަދަހިކުރުމަށާއި އެކައެކު އަނެކަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

6 Comments
ގުޅުންހުރި
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި