ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިިންމުމަށްޓަކައި މާލެ ސަރަހައްދުގައި ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނުކުންނަން އެ ކުންފުނިން ނިންމައިފި އެވެ.
ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ މާދަމާ ރީޑިން ނެގުމަށްފަހު ދެން ރީޑިން ނަގާނީ ރޯދަ މަސް ނިމުމުން ކަމަށެވެ. އެގޮތުން މާދަމާ 72،000 އަށްވުރެ ގިނަ ގޭބިސީގައި ރީޑިން ނެގުމަށް 350 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހަރަކާތުގެ ސްޓެލްކޯގެ އިސްވެރިންވެސް ބައިވެރިވާނެ އެވެ.
ސަލީމް ވިދާޅުވީ މި މަހުގެ ބިލު ދީފައިވާނީ 20 ވަނަ ދުވަހަށް ކަމަށާއި އެހެންކަމުން މި މަހު އަދި 20 އިން 27 އަށް ހަދާ ބިލެއް ކަސްޓަމަރުންނަށް ދާނެ ކަމަށެވެ. އެ އެގޮތަށް ހަދަން ނިންމީ ރޯދަ މަހަށް ހާއްސަކޮށް ވަކި ބިލެއް ހެދުމަށް ކަމަށާއި ނަމަވެސް މި މަހުގައި ދެން ދޭ ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު އެހެން ބިލުތަކަށްވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
”މި މަހު ދާނެ އެހެން ބިލެއް. ފަހަރެއްގައި ރައްޔިތުން ބުނެފާނެ ދެ ބިލު ދަނީއޭ. ފަހުން އަޅުގަނޑުމެން މިދޭ ބިލަށް ފައިސާ ދައްކަން އަޅުގަނޑުމެން އިތުރު މުއްދަތު ދޭނަން. ދެން އަންނަ މަހެއްގެ މުސާރަ ލިބުމުން އެ ބިލަށް ބާޑަން އަކަށް ނުވާ ގޮތަށް ފައިސާ ދެއްކޭނެ،“ ސަލީމް ވިދާޅުވި އެވެ.
މި އަހަރުގެ ރޯދަ މަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމާއި ގުޅޭ ގޮތުން ސަލީމް އިތުރަށް ވިދާޅުވީ، ރޯދަ މަހުގެ ބިލުން ޑިސްކައުންޓު ދޭނީ މީގެ ކުރީގެ ނުވަ މަހުގެ އެވްރެޖު ބިލާއި ރޯދަ މަހުގެ ބިލުގެ ފަރަގު ބެލުމަށްފަހު ކަމަށެވެ. އަދި ކޮންމެ ބިލަކުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

2 Comments
ގުޅުންހުރި
މައާފަށް އެދި ފަހުމީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ފިޔަވަޅު
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ ގްރިޑަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް
ގްރޭޓާ މާލެ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި:
އެޕްރީލްގެ ކަރަންޓު ބިލު ކުޑަވީ ހޫނު މަހަކަށްވުމުން ދިން ޑިސްކައުންޓްގެ ސަބަބުން: