އޭޕްރިލް 20, 2025

ފެން ހިންދާ ޕަމްޕުތައް ގެނައީ ރައީސް އަންގަވައިގެން: ނަރީޝް

މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ލުޔެއް ގެނައުމަށް މާލޭ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލް މެމްބަރުންގެ އަރިހުން އެދިވަޑައިގަތުމުން ކައުންސިލުގެ ބޯޑުން ފާސްކޮށްގެން ގެނައި ޕަމްޕުތަކެއް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ފެންނަން ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ދެ ޕަމްޕުތައް ގެނައުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2024 ގައެވެ.

ނަމަވެސް ޕަމްޕުތައް ގެނައި ބަޔަކާމެދު ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންދާތީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ އާރުޑީސީ މެދުވެރިކޮށް ޓްރޭޝް ޕަމްޕުތައް ގެނައުމަށް ސިޓީ ކައުންސިލުން ފާސްކުރީ ރައީސް މުއިއްޒު އެކަމަށް ކައުންސިލުގެ މެމްބަރުންގެ އަރިހުގައި އެދިވަޑައިގަތުމުން ކަމަށެވެ.

ރައީސް އެގޮތަށް އެދިވަޑައިގެންފައި ވަނީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން އެ މަނިކުފާނު އިސްކަންދެއްވާލެއް ބޮޑުކަމުން ކަމަށްވެސް ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިޓީ ކައުންސިލުން ކުރާ ކޮންމެ ހަރަދެއް ކުރެވޭނީ ކައުންސިލުގެ ބޯޑުން ފާސްކޮށްގެން ކަމަށާއި އެ ބޯޑުގެ ސުޕަ މެޖޯރިޓީ އޮތީ ޕީއެންސީ އަތުގައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ދެ ޕަމްޕް ޑިފެންސް މިނިސްޓްރީގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓުމަށް ކައުންސިލުން ނިންމައި މިދިޔަ ހުކުރު ދުވަހު އެ މިނިސްޓްރީއަށް ސިޓީއަކުން އެކަން އަންގާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ގެނައި ފެންހިންދާ ދެ ޕަމްޕު ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު، މި ދެ ޕަމްޕަކީ ފެންގަނޑު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕުތަކެކެވެ.

މިނެޓަކު 11،356.24 ލީޓަރުގެ ފެން މި ޕަމްޕުތަކުން ބޭރު ކުރެ އެވެ. މީގެކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1،300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތަކެކެވެ.

16 Comments

  • Ahmed Vaarey މާރޗް 3, 2025

    Nop. Gathee raeesge jeebun

  • Ahmed Asraar މާރޗް 3, 2025

    ތިޔަބުނާރައީސް އެތާހުރިއިރު ކީއްވެނުގެނައީ

  • Hawwa Zahira މާރޗް 3, 2025

    Sanaa kiyas thee boduvaru

  • Huxente Lim މާރޗް 3, 2025

    Thii varah dhogu hadhaa ehcheh

  • ابراهيم عمران މާރޗް 3, 2025

    Yea nareesh men raees buneema noonee evves kameh nuvaane, thee beykaaru baeh kan ingey maa kurinves

  • Mariyam Zahira މާރޗް 3, 2025

    Thi raees nubunyas thikan hamajeheynee kuran

  • އަޙުމަދު ޢާދިލް މާރޗް 3, 2025

    ރަނގަޅަށް ކަމެއް ކޮށްގެން ރައްޔެތުން އެކަން ބަލައިގަނެފިނަމަ ރައީސް އަންގައިގެން! ބަލައި ނުގެންފިނަމަ ރައީސްވެސް ބުނަނީ ތިޔަކަންތަށް ތިމަންނައަކަށް ނޭންގެއޭ. އެނގުން ހިސާބުން ބަލަމުންނޭ މިދަނީ ! 🫣🤦🏻‍♂️

  • Bops Wayward Ahmed Ahnaf މާރޗް 3, 2025

    Nareesh thy thedheh hadhaaneh 🐕 eh noon athun 1 million $ guni kamah buni jaahileh thy.. nareesh men kahala dhogu heki dhey meehunah fiyavalhu alhan jehey…

  • ލަތީފް އަހުމަދު މާރޗް 3, 2025

    ރައީސް ދެނެހުރިކަމެއްވެސް ނޫން

  • Aasimaa Abdhuraheem މާރޗް 3, 2025

    Thiyabunaa raees ethaahuriirukeeve nuveemeehaku rangalhah kameh kohfinamaraees angaigen sanaakiyas theedhen boduvarurahyithun balai nugenfinama raees vesbunanee thimannayakah neyngeey engun hisaabun balamun ney midhanee

  • Aasimaa Abdhuraheem މާރޗް 3, 2025

    Thimeehaa dhahkaa vaahaka nuvaane gaboolu kuraakah

  • Yoosef Shaax މާރޗް 4, 2025

    Raees ge jeebun faisaa dheegen tha genai anehkaa?balaa ehnu rahyithun vote dheegen hovee rahyithun ah beynun jehifa thibi kanthah koh dheyn..rahyithun ge faisaa in kuraa kanthah thah thee raees ge jeebakun noon..dhen balan vee thi genai yaa genehsa inee kithah pump ge agahthoa eyrun bunaane kan neyge thee aazim genai ehchekey😁😁azim bunaane raees genai ehchekey😂

  • Mustho Ahmed މާރޗް 4, 2025

    ރޯދަހިފަންޖެހުނީ ރައީސް މަސްދަޅުދޭތީއޭ ނުބުނައްދޯ…

  • Hussain Imran މާރޗް 4, 2025

    Thee ma bunegen genai ehcche evaru neygigen thithelhenee keeve??

  • Fathimath Binth Ibrahim މާރޗް 4, 2025

    Meege kurin nugenaee keehve.eyru e vahgharu pump nuhunnaneetha.abadhu credit negumuga.rayyithun hanaakoh bika koffa😡😡😡

  • Thakuru Faanu މާރޗް 10, 2025

    mioh hurihaa dhuvahu thiya bunaa meehaa ulhunee rashuga mahah dhaan tha

Leave a Reply to Ahmed Asraar Cancel reply