މަޖިލީހުގެ ބާރުގަދަ މުހިންމު ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތާކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވަކިކޮށްފި އެވެ
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އަޒާން އެ ކޮމިޓީތަކުން ދުރުކޮށްފައި މި ވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްޓަކައި ގާނޫނު ބަދަލުކުރުމާ ދެކޮޅު ހައްދަވައި އެ ބިލާ ގުޅިގެން ޕީޖީން ނެރުނު ވިޕްލައިންއާ ހިލާފުވުމުންނެވެ.
އެ މައްސަލައިގައި ޕީއެންސީގެ މަޖިލިސް މެންބަރުންގެ ވަޓްސްއެޕް ގުރޫޕުންވެސް އަޒާން ވަނީ ބޭރުކޮށްފަ އެވެ. އެ ގުރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އިންނަވާ ގުރޫޕެކެވެ.
މާލިއްޔަތު ކޮމިޓީއާއި 241 ކޮމިޓީން އަޒާން ވަކިކޮށް، އެހެން ދެ ކޮމިޓީއަކަށް އޭނާ އައްޔަންކޮށްފައިވާކަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާން ކުރައްވާފަ އެވެ.
އެގޮތުން އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ، ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާނެވެ. އަދި 241 ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލެވެ.




2 Comments
ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން