ސްޓެލްކޯގެ މުވައްޒަފުންނަކީ މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތްކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށް ވިދާޅުވެ، ކުންފުނީގެ މުވައްޒަފުންނަށް އެތަނުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ތައުރީފު ކުރައްވައިފި އެވެ.
ރޯދަމަހަށް ވަކި ކަރަންޓު ބިލެއް ހަދާތީ، ގާތްގާތުގައި ދެ ބިލެއް ދިއުމުން އެކަމާ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް ގޭބިސީގެ ކަރަންޓު ބިލު އެހެން މަސްތަކަށްވުރެ ބޮޑުކަމަށް ބުނެ ބައެއް މީހުންގެ ތުހުމަތު ސްޓެލްކޯގެ މުވައްޒަފުންނަށް ވެސް ދަނީ އަމާޒު ކުރަމުންނެވެ.
އެކަމާއި ގުޅިގެން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުންޏަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތްކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތްކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށެވެ.
”މި ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ. އޮޅުވާލާނެ އެއްވެސް ނޯންނާނެ. ސްޓެލްކޯއިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު،“ ފަހުމީ ވިދާޅުވެފައިވެ އެވެ.




3 Comments
ގުޅުންހުރި
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު
ނުކުޅެދުންތެރިކަން ހުންނަ އިތުރު 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ، ޖުމުލަ އަދަދު
ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް