ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ނޫން ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރަން މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ބިލާ ގުޅިގެން ސަރުކާރުން ޝަރުއީ ނިޒާމަށް، ހާއްސަކޮށް އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅޭކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވައި ރައީސް މުއިއްޒަށް ފޮނުއްވި ސިޓީގައިވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރައީސް މުއިއްޒު ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން އިނގުރައިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ފަލާހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާލިމެންޓްރީ ސްޕްރަމަސީ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި އަމުދުން ދަމަހައްޓަންޖެހޭ ކަމެއް ކަމަށާއި ފަނޑިޔާރުގޭގެ އަދަދު ކަނޑައަޅަން މަޖިލީހުން ގާނޫނަށް އިސްލާހު ގެނައުމަކީ އެ މަޖިލީހަށް ގާނޫނުއަސާސީ އާއި ގާނޫންތަކުން ލިބިދޭ މުތުލަގު ބާރެއް ކަމަށެވެ.
އަދި އެއީ ރައީސް މުއިއްޒު އަންގަވައިގެން މަޖިލީހުން ނިންމި ނިންމުމެއް ނޫން ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
”ރައީސް މުއިއްޒަކީ ޑިމޮކްރަސީގެ ރޫލް އޮފް ލޯ އަށް އިހުތިރާމު ކުރައްވާ، އިންސާފުވެރިކަމާއި އަދި އަދުލުވެރި ކަމާއެކު ވެރިކަން ކުރައްވާ ރައީސެކެވެ. ފަނޑިޔާރުން ސިފައިންނެރެ ބަރުހަތިޔާރު ދައްކައިގެން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރަގަހަށް ބޮޑިއަޅުވައި، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތުން ދުވަން ރައީސް މުއިއްޒެއް ނޫޅުއްވާނެއެވެ. އެހެން އުޅުނު މީހުންނަށް ހީވާނީ ހަސަނަށް ހީވި ހެންނެވެ. މިހާރު ވެގެން އެ އުޅެނީ އެހެންނެވެ.،“ ފަލާހު ވިދާޅުވި އެވެ.

6 Comments
ގުޅުންހުރި
ފާޑުކިޔުންތަކަށް ބެލުމެއް ނެތް، ސިޔާސީ މަގާމެއް އަދާކުރި މީހަކު މާދަމާ ހައިކޯޓަށް
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
ރައީސަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް
އިމިގްރޭޝަން ކޮރަޕްޝަން: ލައްސާން ކުށަށް އިއުތިރާފުވުމުން ލުއި އަދަބެއް ދީފި
މުހައްމަދު ފުލުހަށް ދިޔައިއިރު ސްޓޭޝަނުގައި ފުލުހުން ނެތީ ކްރައިމް ސީނަށް ހުރިހާ