މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލު ކުރުމުގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަމްސީލުކުރައްވާ ”ދިމްޔާތު މަޖިލިސް“ އެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހަށް މިނިވަންކަމާއެކު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.
”ރައްޔިތުންގެ މަޖިލީހަކީ މިވަގުތު، ހަމަ ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލު ކުރާނެ ހަމަ އެއްވެސް ކަހަލަ މިނިވަންކަމެއް އޮތް، އެއްވެސް ކަހަލަ ގޮތަކަށް ރައްޔިތުން ތަމްސީލުކޮށްދޭ މަޖިލީހެއް ނޫން މިވަގުތު މި އޮތީ. މިހާރު މި އޮތީ ދިމްޔާތުގެ މަޖިލިސް،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ ނާތަހުޒީބު ވެރިއެއް ކަމަށެވެ. އެފަދަ މީހަކު ވެރިކަމަށް އައިސްދާނެ ކަމަށް ގާނުނުއަސާސީ ލިޔުނު ފަރާތްތަކުން ވެސް ތަސައްވަރުކޮށްފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
”އަޅުގަނޑުމެން ގާނޫނުއަސާސީ ލިޔުނުއިރު، ފާސްކުރިއިރު، މިސާލަކަށް އިބްރާ ވިޔަސް އެހެން ބޭފުޅަކު ވިޔަސް، އެބޭފުޅުން ހިތްޕުޅަކަށް ވެސް ނުގެނޭ މިހާ ނާތަހުޒީބު ގޮތަކަށް ވެރިޔަކަށް އަންނަ މީހަކު ކަން ކޮށްފާނެ ކަމަކަށް،“ ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ސަރުކާރުން ކުންފުނިތައް ހިންގަން އައްޔަންކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވައްކަމުގެ ތުހުމަތުތައް ކުރެވިގެން ވަޒީފާއިން އިސްތިއުފާދިން ބޭފުޅުންގެ މައްސަލަތައް ބަލަން މި ސަރުކާރަށް ނުކެރޭނެ ކަމަށެވެ.
ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ޕޯޑިއަމްތަކަށް އަރާވަޑައިގެން ރައްޔިތުންގެ އެއްވެސް ހައްގަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރަމޭ ވިދާޅުވާއިރު، ހަގީގަތް އޮތީ އެ ގޮތަށް ނޫން ކަމަށެވެ.
މި ސަރުކާރުން ވެސް އިންތިހާއަށް ކޮރަޕްޝަން ހިންގާކަން ފާހަގަކުރައްވައި، ޔާމީން ވަނީ އެ ކަންކަމުގެ މުގުލުގައި ހުންނަވަނީ ރައީސް މުއިއްޒު ކަމަށް ތުހުމަތުކުރައްވައިފަ އެވެ.




1 Comment
ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި