މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީއެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެޗެެ.
އޮޕަރޭޝަން ހިންގީ މއ. ހިތިލާގޭގައި ކަމަށާއި އެ ގޭގައި ޖުމްލަ 76 ބިދޭސީން ދިރިއުޅެމުން ދިޔަ ކަމަށާއި އެ ގެއަކީ 4 ފަންގިފިލާގެ ޑެގު އަޅައިގެން ހަދާފައިވާ އިމާރާތެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ މީހުން ހައްޔަރުކުރީ ފެބްރުއަރީ މަހުގެ ތެރޭގައި އިމިގްރޭޝަން ވޮޗަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ރިޕޯޓު ލިބުނީ ޑެކް އަޅައިގެން ހަތަރު ފްލޯއަށް ހަދާފައިވާ މއ. ހިތިލާގެ ދެ ގެއަކަށް ގިނަ އަދަދެއްގެ ގަނޑުކުރި މަހާއި ތަރުކާރީ އާއި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ ކަމަށެވެ.
އެ ގެއަށްގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް ގެންދާ ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި