އޭޕްރިލް 28, 2025

ކާށީގެ އަގު ތިރިކުރަން ހޯލްސޭލަރުންނަށް އެސްޓީއޯ އިން ކާށި ގެެނެސްދެނީ

ބާޒާރުގައި ކާށީގެ އަގު ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓް ކުރުމަށް އެސްޓީއޯ އިން ނިންމައިފި އެވެ.

ބާޒާރުގައި މިހާރު ކާށީގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ކާއްޓެއްގެ އަގު ހުރީ 40 އާއި 60 ރުފިޔާއާ ދެމެދުގައެވެ. މި އަގުތައް މިހެން ހުރިތާ މިހާރު ހަފުތާއެއްހާ ދުވަސްވެފައިވާ އިރު، އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި ޝޯޓޭޖް ހައްލުކޮށް އަގު ތިރިކުރުމަށް އެސްޓީއޯ އިން ތިން ފަހަރެއްގެ މަތިން ބާޒާރަށް ކާށި ނެރެފައިވާއިރު، އެ ކުންފުނިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ފަށައިފަ އެވެ. އަދި އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް އަންނަނީ ބާޒާރަށް ނެރެމުންނެވެ.

އެސްޓީއޯ އިން މިހާރު ވަނީ، ބާޒާރުގައި ކާށީގެ އަގު ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓް ކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެކަމުގެ ބޭނުމަކީ އެސްޓީއޯ އިން ބުނި ގޮތުގައި ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމުލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުމެވެ.

އެސްޓީއޯ މެދުވެރިކޮށް ކާށި ގެންނަން ބޭނުންވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުމުން ނުވަތަ 7291124 އަށް ވައިބާ މެސެޖް ކޮށްގެންވެސް ބުކްކުރެވިދާނެ އެވެ.

އެސްޓީއޯ އިން ބުނީ ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެންނާނެ ކަމަށާއި އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައި ދޭނެ ކަމަށެވެ. އަދި ގެންނަ މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާ އިން އަދި ޝިޕްމަންޓް އައުމުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

”މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުމެވެ.،“ އެސްޓީއޯ އިން ބުންޏެވެ.

1 Comment

  • Ahmed Hameed މާރޗް 10, 2025

    Ba***** nun! State Trading Organization Plc ethere koffa emeehhnnah heyo aguga dhineemaves emeehun aharemen felanee!
    Dhen thiyahen hedheema vaki molheh vaanetha!
    Aharemennah dhin roadha hadhoyaa ves eoh vikkanee Bangaalhu kudhin fihaarain 18/- ge rate ga!

Leave a Reply