މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާން ކުރި 4،000 މީހުންގެ ލިސްޓުގެ ބޭރުން އެއްވެސް މީހެއްގެ ފޯމެއް ބަލައި ޗެކްކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މި ސަރުކާރުން ރިވިއުކޮށް 27 ފެބްރުއަރީ 2025 ގައި ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ބަލާފައި ވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ 4000 މީހުންނަކީ ޝަރުތު ހަމަވެފައި ތިބި މީހުންތޯ ކަމަށެވެ. އަދި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދު ވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ މީހުންގެ ޝަރުތު ހަމަވޭތޯ ބެއްލެވި ކަމަށް މުއްތަލިބް ވިދާޅުވި ނަމަވެސް އެ ލިސްޓުގެ ބޭރުން 577 މީހެއްގެ މައުލޫމާތު އަލުން ރިވިއުކޮށް އެ މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އެ ތުހުމަތު ދޮގުކޮށް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، 15 ނޮވެމްބަރު 2023 ގައި އިއުލާން ކުރި ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމެއް ބަލައި ޗެކްކޮށްފައިނުވާނެ ކަމަށާއި އަދި ފްލެޓް ދިނުމުގައި އަމަލުކުރާނެ އާ އުސޫލެއްވެސް އެކަށައަޅާފައި ނުވާނެ ކަމަށެވެ.
އަދި އެކަމުގައި އަމަލުކޮށްފައިވަނީ ލިޔެ ރަސްމީކޮށް އިއުލާންކޮށް ޝާއިއުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށާއި ފޯމުތައް އިވެލުއޭޓް ކުރުމަށް ކުރީ ސަރުކާރުން އެކަށައެޅި ގެދޮރުވެރިން ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށައަޅާފައިވާ ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށްވެސް ބުންޏެވެ.
”މި ދެންނެވި އުސޫލު އަދި ގައިޑްލައިނަށް އަމަލު ކުރުމުގައި ހުރިހާ ފަރާތަކަށްވެސް ހަމަހަމަ ވާނެހެން ވީހާވެސް ބޮޑަކަށް ލުއި ކުރެވޭތޯ ބަލާފައިވާނެއެވެ،“ މިނިސްޓްރީން ބުންޏެވެ.




18 Comments
ގުޅުންހުރި
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި