ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރަން އަންގައި ކުރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ ތުހުމަތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އިންކާރު ކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ވަނީ އެ މައްސަލައިގެ ތަހުގީގަށް މަހާޒު އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. މަހާޒާ އެކު، އޭނާގެ ވަކީލެއްގެ ހައިސިއްޔަތުން ވަކީލު މުހައްމަދު ފައިސަލް ވެސް ވަޑައިގަތެވެ.
ފައިސަލް ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، ޖޭއެސްސީން ކުރާ ތުހުމަތުތަކަށް މަހާޒް އިންކާރު ކުރައްވާފައިވާ ކަމަށެވެ. ފައިސަލް ވިދާޅުވީ ލަތީފުގެ ބަންދާ މެދު ކުރިމިނަލް ކޯޓުން ގޮތެއް ނިންމީ 5 ޑިސެމްބަރު 2024 ގެ ހެނދުނު ގާތްގަނޑަކަށް 10:30 ގައި؛ އަމުރު ނެރުނީ 10:55 ގައި ކަމަށެވެ. މަހާޒަށް އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކޮށް ބަންދަށް ހާޒިރުކުރިކަން އަދި ބަންދުން ދޫކުރިކަން ވެސް މަހާޒަށް އެނގިވަޑައިގަތީ ހެނދުނު 11:30 ގެ ފަހުން ކަމަށް ފައިސަލް ވިދާޅުވި އެވެ.
މަހާޒް އޭގެ ފަހުން ވެސް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް، ނުވަތަ އެ ކޯޓުގެ މުވައްޒަފަކަށް ވެސް ގުޅުއްވާފައި ނުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ލަތީފު ބަންދުން ދޫކުރި މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް އައިސްދާނެތީ އެ ދުވަސްވަރު މަހާޒު ބޭނުންފުޅުވީ ފަނޑިޔާރު އަޒްމިރަލްދާއާ ވެސް ވީހާ ދުރުން މަސައްކަތް ކުރެއްވުމަށްކަމަށް ކަމަށެވެ.
”އާހިރުގައި އެ މައްސަލަ އަތުވެދާނެ ސުޕްރީމް ކޯޓަށް ވެސް. އެ މައްސަލައިގެ މަސްލަހަތު އޮތް ފަރާތަކާ އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމަކީ ވެސް ކުރަން ޖެހޭނެ ކަމެއް. ފަނޑިޔާރު މަހާޒު ވެސް ބޭނުންފުޅުވީ އެ ކޯޓުގެ އެހެން ފަނޑިޔާރެއްގެ އާއިލާ ބޭފުޅެއްގެ މިފަދަ ކަމެއް އުޅޭތީ ވީހާ ވެސް އެ ފަނޑިޔާރަކާ ވެސް ދުރުގައި އިހަށް މަޑުކޮށްލެއްވުމަށް،“ ވަކީލު ވިދާޅުވި އެވެ.
މި މައްސަލާގައި މާދަމާ އަޒްމިރަލްދާ ވެސް ޖޭއެސްސީއަށް ހާޒިރު ކުރުމަށް ނިންމާފަައިވެ އެވެ. ނުފޫޒު ފޯރުވުމުގެ ތެރޭގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ބަލަމުންނެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި