އޭޕްރިލް 27, 2025

މި ރޯދަ މަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުވާނެ

މި ހިނގާ މާރިޗު މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެކަން ރައީސް އޮފީހުން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުނު ދެންނެވުމުގައި ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތަށް ހަމަޖެއްސެވީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ ރޯދަ މަހުގެ ފަހު 10 އަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި އެކިއެކި މުއައްސަސާތަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖައްސަންޖެހޭނެ ކަމަށެވެ.