މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 30 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ބެސްޓް އޯލް ރައުންޑުގެ މަގާމު ޕްރައިވެޓް އައިމަން މުހައްމަދު ހޯދައިފި އެވެ.
މާފުށީ ޖަލުގައި ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އައިމަންއަށް ސެޓްފިކެޓް، ޝީލްޑް، ސޭޝް އަދި ބެރޭ ވަނީ ހަވާލުކޮށްފަ އެވެ. ޝީލްޑް ހަވާލުކޮށްދެއްވީ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.
ރޭގެ ރަސްމިއްޔާތުގައި ހުރިހާ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކުރި އިރު، ހަޔާ ޑިސްޓިންކްޝަން ހާސިލުކުރި ދަސްވެނިންނަށް މެޑަލް ދީފައިވެ އެވެ. އޭގެ އިތުރުން އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން އޮފިސަރާއި ތައުލީމީ ރޮނގުން އެންމެ މޮޅު އޮފިސަރާއި އަމަލީ ގޮތުން އެންމެ މޮޅު އޮފިސަރާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އެވޯޑަށް ޝީލްޑާއި ސެޓްފިކެޓް ދީފައިވެ އެވެ.
އެވޯޑް ލިބުނު އޮފިސަރުން:
- ބެސްޓް އޯލް ރައުންޑް: ޕްރައިވެޓް އައިމަން މުހައްމަދު
- ސީޕީ އެވޯޑާއި ޕާފާމެންސް އެވޯޑް: ޕްރައިވެޓް ވިޝާހް އަހުމަދު މުހައްމަދު
- އެކެޑެމިކް އެވޯޑް: ޕްރައިވެޓް މުހައްމަދު ސަމީރު
- ފިޓެސްޓް އޮފިސަރު (އަންހެން): ޕްރައިވެޓް ހަމްސާ ރަޝީދު
- ފިޓެސްޓް އޮފިސަރު (ފިރިހެން): ޕްރައިވެޓް އަހުމަދު އައިހަމް މޫސާ
އަދި ކޮންމެ ޕްލެޓޫންއަކުން އެންމެ ފާހަގަކޮށްލެވޭ އޮފިސަރުންނަށް ޝީލްޑް ދީފައިވާއިރު، އެންމެ މޮޅު ޕްލެޓޫން އަށް ވަނީ ޓްރޮފީއެއްވެސް ދީފަ އެވެ.
އަސާސީ ތަމްރީން ޕްރޮގްރާމަކީ ކަރެކްޝަންސްގެ ހިދުމަތާ އަލަށް ގުޅޭ ކޮންމެ ޕްރިޒަން އޮފިސަރެއް ފުރިހަމަކުރުން ލާޒިމުވާ ޕްރޮގްރާމެކެވެ.
ކަރެކްޝަންސް އިން ބުނީ، 15 ހަފުފާއަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގެ 30 ވަނަ ބެޗުގައި އެ ސާވިސްއާ އަލަށް ގުޅުނު 39 ޓްރޭނީންގެ ތެރެއިން ޓްރެއިނިން ފުރިހަމަކުރީ 33 އޮފިސަރުން ކަމަށެވެ.




2 Comments
ގުޅުންހުރި
ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ގައިދީންނާއި އޮފިސަރުން ވެގެން ހިންމަފުށީ ސްކޫލަށް 130 މޭޒު ޖަހައިދީފި
ހުޅުމާލޭ ޖަލުގެ އިތުރު ގައިދީއަކު މަރުވެއްޖެ
ހާލު ދެރަވެގެން ފަރުވާ ހޯދަމުންދިޔަ ގައިދީއަކު މަރުވެއްޖެ
ސްކޭމްތަކާ ގުޅިގެން މާފުށި ޖަލުގައި އޮޕަރޭޝަނެއް، 33 ފޯނާއި އިލެކްޓްރޯނިކް ސާމާނު