އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތައް އިލެކްޝަންސް ކޮމިޝަން (އީސީ)ން ކުށްވެރިކޮށްފި އެވެ.
އެ މުޒާހަރާގެ ތެރެއިން ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މާންދީ ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.
އީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް މަގުފަހިކޮށްދީފައިވަނީ ގާނޫނުއަސާސީއާއި ޕާޓީގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. އީސީން ބުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކައް އެ ކޮމިޝަނުން އަބަދުވެސް ތާއިދުކުރާނެ ކަމަށެވެ.
”ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައިވެސް ގާނޫނު ނަންބަރު 1/2013 (ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު“ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަމަލުކުރުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ. ހާއްސަކޮށް ސިޔާސީ ހަރަކާތްތައް ރާވާ ހިންގުމުގައި، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު“ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން، މި ކޮމިޝަނުން ކުށްވެރިކުރަމެވެ“ އީސީން ބުންޏެވެ.
ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާއި ހިލާފަށް މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަން ފާޑު ކިޔައިގެން ނުވާނެ ކަމަށް އީސީން ބުންޏެވެ.
އީސީން ވަނީ ހަގީގަތާއި ހިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް ޕާޓީތަކަށް އިލްތިމާސްކޮށްފަ އެވެ.




4 Comments
ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން