ދެމަފިރިއެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި ފިރިހެން މީހާ ޒަހަމްވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބ. ދަރަވަންދޫގައި ދެމަފިރިއެއްގެ މެދުގައި ހަމަނުޖެހުން ހިނގައިގެން އުޅޭ މައްސަލައެއް ރޭ 1:52 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި ފިރިހެން މީހާ ޒަހަމްވެގެން ބ. އޭދަފުށި ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ. ފަރުވާއަށްފަހު އެ ފިރިހެން މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުމުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.


