ލަނޑާ ނަގަން އުޅެނިކޮށް ފަރުތޮޅިއެއް ހަމަލާދިން ދިވެއްސަކަށް އިންޑިއާގައި ފަރުވާ ދެމުންދާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 32 އަހަރުގެ އެ ފިރިހެން މީހާައަށް އިންޑިއާގައި ފަރުވާދެމުންދަނީ ރާއްޖެއިން ފަރުވާ ކުރުމަށްފަހު ވެސް އިތުރު ފަރުވާ ބޭނުންވާތީ އެވެ.
އެ ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ އަމްރިތާ ހޮސްޕިޓަލުގައި ކަމަށް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފ އެވެ.
އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ތޮޅި ހެރިފައި ހުރީ އެ މީހާގެ މައިބަދައަށް ކަމަށެވެ. ވަރަށް ފުންކޮށް ތުންގަނޑު ހެރިފައި ހުރިއިރު އެ މަހުގެ ދަތްތައްވެސް މައިބަދައިގެ މަސްގަނޑުގެތެރޭގައި ހަރުލާފައި ކަމަށެވެ.
އަދި އެ މީހާގެ އަތާއި ފައި އައްސިވެފައިވާ ކަމަށާއި އިންޑިއާގެ ޑޮކްޓަރުން ކުރި އޮޕަރޭޝަނަށްފަހު އެ މީހާގެ މަސްގަނޑު ތެރެއިން މަހުގެ ދަތުގެ 10 އެތިކޮޅު ނަގާފައިވެ އެވެ.
މިހާރު އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.




3 Comments
ގުޅުންހުރި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި
ރޯދަމަހު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސަންޓަށް އިތުރުކުރަނީ