މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަންކުރައްވައިފަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުގެ މަގާމުން ނަރީޝް އިސްތިއުފާ ދެއްވީ މިދިޔަ ބުދަ ދުވަހުގަ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ”ހަފްތާ“ އަށް މިއަދު ވިދާޅުވީ ނަރީޝް އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާ އައްޔަން ކުރައްވާފައިވަނީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)ގެ އެޑްވައިޒަރަކަށް ކަމަށްވެސް އޮފިޝަލް ވިިދާޅުވި އެވެ.
ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އޭނާ އަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި މޭޔަރު އާދަމް އާޒިމްގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށާއި ކައުންސިލްގެ އެހެން މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވެސް ނަރީޝް ޝުކުރު އަދާކުރެއްވި އެވެ.
ނަރީޝް އިސްތިއުފާ ދެއްވުމާއި ގުޅިގެން މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވަނީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝް އިންތިހާބުކޮށްފަ އެވެ.




1 Comment
ގުޅުންހުރި
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި