ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މިދިޔަ ޖަނަވަރީ މަހު ފުލުހުންނަށް ހުށަހެޅި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގައި ފިރިހެނަކު، ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ 27 ޖެނުއަރީ 2025 ގައެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅިތާ ދެ މަސް ވާންދާއިރުވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި އެ މައްސަލަ ފައިލްކޮށްފައެއް ވެސް ނުވެ އެވެ.

1 Comment
ގުޅުންހުރި
ރައީސަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް
އިމިގްރޭޝަން ކޮރަޕްޝަން: ލައްސާން ކުށަށް އިއުތިރާފުވުމުން ލުއި އަދަބެއް ދީފި
މުހައްމަދު ފުލުހަށް ދިޔައިއިރު ސްޓޭޝަނުގައި ފުލުހުން ނެތީ ކްރައިމް ސީނަށް ހުރިހާ
އެމްޑީޕީގެ ރަންރީނދޫ ދުވުން ބާއްވައިފި
ލަންކާގައި އިންވެސްޓުކުރާ ދިވެހިންނަށް އެގައުމުން ދިގު މުއްދަތަކަށް ބިން ލިބޭނެ!
ގުރުއާން ހިތުދަސްކުރުމުން އެހެން އިލްމުތައް ހާސިލުކުރަން ފަސޭހަވާނެ: ރައީސް