ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ’ދަ ގާޑެންސް‘ ފްލެޓްތައް ނިންމަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިން ފަހު ފުރުސަތުގައިވެސް ފްލެޓްތައް ނުނިންމުމުން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އެޗްޑީސީން އުވާލައިފި އެވެ.
ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހުއަށް ދަ ގާޑަންސް ތަރައްގީ ކުރަން ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2017 ވަނަ އަހަރެވެ. ނަމަވެސް ދިން މުއްދަތުގައި ޕްރޮޖެކްޓް ނުނިމޭތީ, އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ކުންފުންޏަށް އެޗްޑީސީން މުއްދަތު އިތުރުކޮށްދިނެވެ. ނަމަވެސް އެ ޕްރޮޖެކްޓް ނިންމާފައެއް ނުވެ އެވެ.
އެހެންވެ އެޗްޑީސީ އާއި ޖާހުއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ގާނޫނީ ނޯޓިސް ދިނުމަށް ބޯޑުން ނިންމައި، އެ ނޯޓިސް 27 ޖަނަވަރީ 2025 ގައި ޖާހުއަށް ފޮނުވި އެވެ.
އެ ނޯޓިސްގައި ޖާހު އިންވެސްޓްމަންޓަށް އަންގާފައި އޮތީ 45 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމުމަށެވެ. ނޫން ނަމަ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް އެ ކުންފުނީގެ އަތުން ނަގާނެ ކަމަށް ނޯޓިސްގައި ބުނެފައިވެ އެވެ.
އެޗްޑީސީން މިއަދު ބުނީ, އެ މުއްދަތުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓުން އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް، ތަން ހަވާލުކުރުމަށް މިއަދު އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އަދި އެއްބަސްވުން ބާތިލުކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ މީހުންނާ ހިއްސާކުރާނެ ކަމަށްވެސް ބުންޏެވެ.
އެޗްޑީސީން ބުނީ, އެ ކުންފުނިން އެ ފިޔަވަޅު އެޅީ ޖާހު އިންވެސްޓްމަންޓުން ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.

ގުޅުންހުރި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް