އިރު ހުރީ ސީދާ ރާއްޖެއާ ދިމާ މަތީގައި، އެންމެ ހޫނު ގަދަވާނީ މެންދުރު 1 އާއި 2 ދެމެދު: މެޓް

ރާއްޖެއަށް އަހަރުގެ ތެރޭގައި އެންމެ ހޫނު ގަދަވަނީ މާޗު މަހުގެ މެދުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ކަމަށާއި މި ދުވަސްވަރު ރާއްޖެ މަތީގައި ވިލާތައް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނެފި އެވެ.

މެޓުން މިއަދު ބުނީ މާޗުމަހުގެ މެދުން ފެށިގެން އެޕްރީލްމަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދުގައި ވައި މަޑުވުމާއި އަދި ސީދާ ރާއްޖެއާ ދިމާ މަތީގައި އިރު ހުރުމުގެ ސަބަބުގެ އިތުރުން ވިލާތައް މަދުވުމުގެ ސަބަބުން ހީޓް އިންޑެކްސް މަތިވެފައިވާ ކަމަށެވެ.

ރާއްޖެއަށް އެންމެ ހޫނު ގަދަވާނީ މެންދުރުފަހު 1 އާއި 2 އާ ދެމެދު ކަމަށް މެޓުން ބުންޏެވެ.

ވިދިވިދިގެން ގިނަ ދުވަހު ހީޓް އިންޑެކްސް މަތިނަމަ “ހީޓް ސްޓްރެސް” ކިޔާ ހާލަތު މެދުވެރިވާނެ ކަމަށް މެޓުން ބުންޏެވެ.

އެއީ ގަދަ ހޫނަށް ހަށިގަނޑުގެ ބަރުދާސްތީ ގާބިލުކަން ކުޑަވެގެން ދިއުމުގެ ހާލަތު ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ ހާލަތު ރާއްޖެއަށް ވެސް މެދުވެރިވުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ބުންޏެވެ.