ވައިގެ މަގުން ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 2062 ވޭޕްކުރާ ސާމާނު, މޯލްޑިވް ކަސްޓަމްސް ސާވިސްއިން އިއްޔެ އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި ފެނުނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި ތިން މީހެއްގެ ލަގެޖުން ކަމަށެވެ.
ކަސްޓަމްސްއިން 2،062 އައިޓަމް އަތުލިއިރު އޭގެ ތެރޭގައި ހިމެނެނީ:
– ނެނޯ ސްޓިކް: 1،714
– ޓެރިއާ ސްޓިކް: 200
– ކެލިބާން ކާޓްރިޖް: 96
– ވީމޭޓް ކާޓްރިޖް: 20
– ވޭޕް ފްލޭވާ ލިކުއިޑް (ފުޅި)؛ 2
އިއްޔެ 2،000 އަށްވުރެ ގިނަ ވޭޕްގެ ސާމާނު އަތުލައިގެންފައި ވާއިރު، މިމަހުގެ ހަ ވަނަ ދުވަހު ކަނޑުމަގުން ވިޔަފާރި ބަނދަރަށް އެތެރެކުރި ޝިޕްމަންޓެއްގައި ފޮރުވައިގެން ވަގަށް ގެނައި 400 ވޭޕް ސާމާނު ވެސް ވަނީ އަތުލައިގެންފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެ އެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.
އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެ އެވެ.




2 Comments
ގުޅުންހުރި
ވަގު ސިނގިރޭޓުގެ ތުހުމަތު އަޅުވައި މަގާމުން ވަކިކުރި ރިޔާޒަށް އަލުން ވަޒީފާ
ވަގު ސިނގިރޭޓުގެ ތުހުމަތު އަޅުވައި މަގާމުން ވަކިކުރި ރިޔާޒަށް އަލުން ވަޒީފާ
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ވަކިކުރީ 30 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމަށް ހިދުމަތްކުރި ވަހީދާއި ރިޔާޒު
ނާޒިމްގެ ކަންބޮޑުވުން: ސިނގިރޭޓް ވަގަށް އެތެރެކުރުން އިތުރުވެ, އާމްދަނީ އެބަ ދަށްވޭ!
ކަސްޓަމްސްއިން ތިން މިލިއަން ސިނގިރޭޓު ނައްތާލައިފި