ރޯދަމަހުގެ ފަހު 10 ގައި މަސައްކަތައް ނުކުންނަ ސަރުކާރު މުވައްޒަފުންނަށް ހާޒިރީ އެލެވެންސްއެއް ދޭން ނިންމައިފި އެވެ.
ރައީސް އޮފީހުން މިމަހުގެ 11 ވަނަ ދުވަހު ބުނެފައިވަނީ ރޯދަމަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. ރައީސް އޮފީހުން ބުނެފައިވަނީ ފަހު 10 އެއްގައި ސަރުކާރު ބަންދުވާ ދުވަސްތަކުގައި ސަރުކާރު މުއައްސަސާތަކުންނާއި އޮފީސްތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތަކަށް އިސްލާހު ގެނެސް ގެޒެޓުކޮށްފަ އެވެ.
އެ އިސްލާހުގައި ވަނީ ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭންވާނެ ކަމަށެވެ.
އިސްލާހުގައިވާ ގޮތުން ދައުލަތުފެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުން ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ކަމުގައި ވީނަމަވެސް، ހާޒިރީ އިނާޔަތް ދޭންވާނެ އެވެ.

1 Comment
ގުޅުންހުރި
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަން: 1 ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި
ބަޖެޓު ހުސްވުމުން ވެސް ކޮންޓްރެކްޓުތަކުގައި ސޮއިކޮށް، އެޑްވާންސަށް ފައިސާ ދޫކުރި: އޮޑިޓު
ސައުދީ ފަންޑުން 385 މިލިއަން ނަގައިގެން 400 ފްލެޓް ހަދަނީ
ވީއައިއޭ މަޝްރޫއުއަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް
އެންސްޕާ އިން ކުރި ހަރަދު އިތުރުވެއްޖެ، އެކަމަކު ތެރަޕީ ފައިސާކޮޅު ނުލިބި