ޑުރަގާ ގުޅޭ ކުށްތަކެއްގައި ކެނެޑާގެ ހަތަރު މީހަކަށް ޗައިނާ އިން މަރުގެ އަދަބު ދިން މައްސަލަ ހޫނުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑުއަލް ސިޓިޒަންޝިޕް އޮންނަ އެ މީހުންނަށް މަރުގެ އަދަބު ދީފައިވަނީ މި އަހަރު ކުރީކޮޅެވެ. އެ މައްސަލަ ހޫނުވީ އެ މީހުންނަށް މާފު ދޭން ކެނެޑާ އިން ތަކުރާރުކޮށް އެދިފައިވާ އޮތްވައި މަރުގެ އަދަބު ދިނުމުންނެވެ.
އެގޮތުން ކެނެޑާގެ ފޮރިން މިނިސްޓަރު މެލަނީ ޖޮލީ ވަނީ ޗައިނާގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ ވާހަކަތަކާ ގުޅިގެން ކެނެޑާގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ ”ޒިންމާދާރުކަން ކުޑަ ވާހަކަތައް ދެއްކުން ހުއްޓާލުމަށް“ ގޮވާލައިފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެ މީހުންނަށް މަރުގެ އަދަބު ދީފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ބުނެފަ އެވެ. އެގޮތުން އެ މީހުން އެ ކުށްކުރިކަން ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ބުންޏެވެ.
ޑުރަގާއި ކޮރަޕްޝަން އަދި ޖާސޫސު ކުރުން ފަދަ ބޮޑެތި ކުށްތަކަށް ޗައިނާ އިން މަރުގެ އަދަބުދެ އެވެ. ނަމަވެސް ބިދޭސީންނަށް މަރުގެ އަދަބު ތަންފީޒުކުރުމަކީ މަދުން ނޫނީ ހިނގާ ކަމެއް ނޫނެވެ.
ޗައިނާ އިން މަރުގެ އަދަބު ދޭ މިންވަރު ސިއްރުކުރެވިފައިވީ ނަމަވެސް، އިންސާނީ ހައްގުތަކުގެ ޖަމާއަތްތަކުން ބުނާ ގޮތުން ޗައިނާ އަކީ ދުނިޔޭގައި އެންމެ ގިނައިން މަރުގެ އަދަބު ދޭ އެއް ގައުމެވެ.




3 Comments
ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15