ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތިލަފުއްޓަށް ވަޑައިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި އެވެ.
ގްރޭޓާ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޮ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު)ގެ އެހީގައި ދިވެހި ސަރުކާރުންވެސް ހަރަދުކުރާ މަޝްރޫއެކެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަމާޒު ކޮށްފައިވަނީ މާލެ ސަރަހައްދާއި އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.
އެގޮތުން ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހެދުމާއި ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއްގެ އިތުރުން ކުނީގެ ގޮތުގައި ބައު އުޅަނދުފަހަރު ނައްތާލުމަށް ހާއްސަ ޕްލާންޓެއް ތަރައްގީކުރުން ހިމެނެ އެވެ.
އަދި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލުމަށް އަ އުޅަނދެއް ތަރައްގީކުރުމުގެ މަސައްކަތްވެސް މި ފިޔަވަހީގެ ދަށުން ކުރިއަށްދާނެ އެވެ.
ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއުޓީއީ) ޓެކްނޮލޮޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތައާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނެ އެވެ.
ރައީސް ތިލަފުއްޓަށް ވަޑައިގަތުމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ ރައީސަކީ ތަފާތު ބޭފުޅެއް ކަމަށެވެ.
”ރައީސް މުއިއްޒަކީ ވެމްކޯގެ ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ފަހުގެ ތާރީހެއްގައި ވަޑައިގެން ހަމައެކަނި ރައީސް،“ މުޖުތަބާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

1 Comment
ގުޅުންހުރި
ޔުމްނު ”ވެއްޓުނު“ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެއް، ރައީސަކަށް މުނައްވަރު
އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް، ފަރުވާގެ ފުރަތަމަ ބުރަށް ބޭނުންވާ ފައިސާ
މައްސަލައެއް ހޫނުވިޔަ ނުދޭން އިސްތިއުފާ ދިނުމަކީ އެންމެ ރީތި ޑިމޮކްރެޓިކް އުސޫލު:
ކުރިން ބުނި އެތި ކެންސަލް! ފުލުހުންގެ އިދާރާ ހިންގެވުން ނަވީނަށް
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑީސީޕީ ފަރުހާދާ ހަވާލުކޮށްފި
ޕޮލިސް ކޮމިޝަނަރުގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވައިފި