މަޝްހޫރު ފުޓްބޯޅަ ކޯޗް އިހްސާން އަބްދުލްގަނީ (ސާންތި) ނިޔާވެއްޖެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކުރި ސާންތި ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
އޭނާ އައީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންނެވެ. އެގޮތުން މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު ސާންތީ ބަލި ހާލަތު ގޯސްވެގެން، ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވި އެވެ. އޭގެ ފަހުން، ރަސްމީ މަގާމެއްގައި ހުރެގެން ފުޓްބޯޅައިގެ ކަންކަމުގައި ނުފެނެ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި އިސް ރޯލެއް ކުޅުނު ސާންތީ ވަނީ 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
އަދި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެފްއޭއެމްގައި ޓެކްނިކަލް އިސް މަސައްކަތްތަކެއް ކުރި އެވެ.

3 Comments
ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: