ފަޅުގައި ނުވަތަ އެހެންތަނެއްގައި ވެސް އޮޑިދޯނިފަހަރު އަޅާފައިވާ ނަމަ އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބެންވާނެ ކަމަށާއި ފަޅުވެރިން ނެތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އަންގާރަ ދުވަހުކުރި އިއުލާނެއްގައި ބުނީރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތު ތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމްކަމެއް ކަމަށެވެ.
”މިގޮތަށް ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަކާމެދު ’ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު‘ ގެ 44 ވަނަ މާއްދާގެ (ފ) ގެ ދަށުން ފިޔަވަޅު އަޅާނެ ވާަކަ އާއްމުކޮށް އަންމާ އިއުލާން ކުރީމެވެ“ ޓްރާންސްޕޯޓުން ބުންޏެވެ.
މިނިސްޓްރީން ބުނީ މިހާރަކަށްއައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލައިފައި ދިއުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވާވަމުންދާ ކަމަށެވެ. އަދި މީހުންގެ މުދަލަށް ގެއްލުންވަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

6 Comments
ގުޅުންހުރި
ޖޫރިމަނާގެ ފައިސާ 10،000 ރުފިޔާއަށް ގިނަވާނަމަ ބަހާލައިގެން ދެއްކޭގޮތް ހަދައިފި
އާރުޓީއެލް ފެރީގެ ހިދުމަތް އަގުހެޔޮކޮށް ދޭންޖެހުމުން ދައުލަތަށް ގެއްލުންވާތީ، ޓިކެޓުގެ އަގުތައް
ކޫއްޑޫގެ ރަންވޭ މަރާމާތުކޮށް ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: އަމީން
ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި
ހުޅުމާލެ މަގުތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކުރަން ފަށަނީ
މާލޭގައި ދުއްވާ އެހެން ޒޯންތަކުގެ އުޅަނދުތައް ހުޅުމާލެ ގެންދަން އަންގައިފި، ލިބޭނީ