މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ޝަމްއާން ވަހީދުވެސް ހައްޔަރުކޮށްފައިވާއިރު، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.
އެ މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އެ މީހުންގެ މަައުލޫމާތެއް މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން:
- ތ. ބުރުނި/ މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21އ.
- ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު، 37އ.
- ގ. ހެޕީސައިޑް، ހަސަން ސަހެޝާން، 47އ
ފުލުހުން ބުނާ ގޮތުން މި ތިން މީހުން ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ އިތުރުން މިއަދުގެ ވަގުތެއްގައި ވަނީ އިތުރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ:
- މ. ހަޒާރީ ވިލާ، އަހުމަދު ލައްސާން، 40އ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި