އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެހި އަންހެނަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސައީދާ އެވެ.
އޭނާއަކީ ޒަމްޒަމް ގްރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތަކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ މުއުމިނާ ސައީދާ ރޭގެ ވަގުތެއްގައި މައްކާގައި މަރުވެފައިވާ ކަމަށް އެ ކުންފުނީގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.


