އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި، ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިއަކު ޝަހީދު ކޮށްލާފައިވާއިރު، އޭނާ ލިޔެފައިވާ ފަހު މެސެޖެއް މުޅި ދުނިޔެއާ ހިއްސާކޮށްފި އެވެ.
އަލްޖަޒީރާ އިން ބުނާ ގޮތުން، ހުއްސާމް ޝަބާތު ޝަހީދުކޮށްލާފައިވަނީ، އޭނާ ދަތުރުކުރަމުންދިޔަ ކާރަށް އަމާޒުކޮށް އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ކަމަށެވެ. މިއީ ސީދާ ނޫސްވެރިޔާއަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހުއްސާމްގެ އެކުވެރިން އޭނާ ޝަހީދުކޮށްލުމުގެ ކުރިން ލިޔެފައިވާ މެސެޖެއް އޭނާގެ އެކްސް އެކައުންޓުގައި ހިއްސާކޮށްފަ އެވެ. އެ މެސެޖު ފަށަމުންވެސް ބުނެފައިވަނީ އެ މެސެޖު ކިޔާ ނަމަ، އޭގެ މާނައަކީ އިޒްރޭލުގެ ސިފައިން އޭނާ ޝަހީދުކޮށްލާފައިވުން ކަމަށެވެ.
ހުއްސާމްގެ މެސެޖުގައި ބުނެފައިވަނީ އޭނާ ނޫސްވެރިކަން ފެށީ ކޮލެޖު ދަރިވަރެއްގެ ގޮތުގައި އުޅެމުން އެންމެ 21 އަހަރުގައި ކަމަށެވެ. އަދި އޭނާގެވެސް ހުވަފެންތަކެއް ހުރި ކަމަށްވެސް ބުންޏެވެ.
”މިދިޔަ 18 މަސް ދުވަސް އަހަރެން ވާނީ އަހަރެންގެ ހަޔާތުގެ ކޮންމެ ހިނދުކޮޅެއްވެސް އަހަރެންގެ ރައްޔިތުންނަށްޓަކައި ހޭދަކޮށްފަ އެވެ. އުތުރު ޣައްޒާގައި ހިންގަމުންދިޔަ އަނިޔާވެރި އަމަލުތައް ފަސްއަޅައި ފޮރުވަން އުޅުނު ނަމަވެސް އަހަރެންވާނީ މިނެޓުން މިނެޓަށް އެ ހާދިސާތައް ގެނެސްދީފަ އެވެ. މި މުއްދަތުގައި އަހަރެން ނިދީ ޖެހުނު ތަނެއްގަ އެވެ. ޕޭވްމަންޓް މަތީޣަ އެވެ. ސްކޫލްތަކުގައެވެ. ޓެންޓުތަކުގަ އެވެ. ކޮންމެ ދުވަހަކީވެސް ދިރިހުރުމަށް ކުރަންޖެހުނު ހަނގުރާމަ އެކެވެ. ބަނޑުހައި ހޫނުކަމުގައި އެތައް މަހެއް ހޭދަކުރަން ޖެހުނެވެ. އެހެނަސް އަހަރެން ރައްޔިތުންގެ ފަޅިއެއް ދޫކޮށެއް ނުލަމެވެ.“
އޭނާ ބުނީ، ނޫސްވެރިއެއްގެ ޒިންމާ އޭނާ އަދާކޮށްފައިވާ ކަމަށާއި ތެދު ހާމަކުރުމަށް ހުރިހާ ގޮންޖެހުމަކާއި ނުރައްކަލެއް ގިރާކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދަކީ އަހަންނަށް އަރާމުކޮށްލަން ލިބުނު ދުވަހެއް ކަމަށްވެސް ބުނެފައިވެ އެވެ.
”އަހަރެން މި މަސައްކަތް ކުރީ ފަލަސްތީން ރައްޔިތުން، އެ މީހުން ބޭނުންވާ މަގުސަދު އެނގޭތީ އެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ އަހަރެމެންގެ ބިމެވެ. އަދި ފަލަސްތީންގެ ރައްޔިތުންނަށް ހިދުމަތްކޮށް، މި ބިން ހިމާޔަތްކުރުމުން މަތީ ވަކިވެދިއުމަކީ ހަޔާތުގައި އަހަންނަށް ލިބުނު އެންމެ މަތިވެރި ދަރަޖައެވެ.،“
”އަހަރެން އެދޭ އެދުމެއް އެބަ އޮތެވެ. ޣައްޒާގެ ވާހަކަ ދެއްކުން ހުއްޓާ ނުލާށެވެ. ދުނިޔެ އެހެން ދިމާލަކަށް ބެލުމުގެ ފުރުސަތު ނުދޭށެވެ. ފަލަސްތީން މިނިވަން ވަންދެން ހަނގުރާމަކޮށް އަހަރެމެންގެ ވާހަކަތައް ކިޔައިދޭށެވެ،“

ގުޅުންހުރި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އިރާނުގެ ވަރުގަދަ ހަމަލާއެއް، އިޒްރޭލަށް 100 ބެލިސްޓިކް މިސައިލް ފޮނުވާލައިފި!
މަޑަކުން ނުތިބޭނަން، އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރުވާނަން: އީރާންގެ
އީރާނުން ބަދަލު ހިފުމުގެ ރަތް ދިދަ ނަގައިފި
އީރާނުން 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލައިފި، ނާކާމިޔާބު ކޮށްލުމުގައި އިޒްރޭލު
އިޒްރޭލަށް ޚާމަނާއީގެ އިންޒާރު: ތި ތައްޔާރުވީ އަމިއްލަ ނެތިދިއުމަށް، ހަރުކަށި އަދަބެއް