ނެޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މި އަހަރުގެ މިހާތަނަށް 733 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކޮށްފައިވާ ސަރުކާރުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންސްޕާ އިން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައިވާ 733 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 596 މިލިއަން ރުފިޔާއަށްވުރެ 137 މިލިއަން އިތުރު އަދަދެކެވެ.
މި އަހަރަށް މަޖިލީހުން ފާސްކޮށް ދީފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން އެންސްޕާއަށް އެކަނި 3.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައިވެ އެވެ.
އޭގެ ތެރެއިން ސޯޝަލް ވެލްފެއާގެ ކަންކަމަށް އެކަނި 2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީގެ އެހީ ދިނުމަށް 707.6 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ޑިސްއެބިލިޓީ އެއިޑްއަށް 635.7 މިލިއަން ރުފިޔާ އާއި ޑިސްއެބިލިޓީ ތެރަޕީއަށް 71.9 މިލިއަން ރުފިޔާ އެވެ.
އެންސްޕާ އިން ކުރި ހަރަދު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނާއިރު، ކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތަކަށް ބޭނުންވާ ހަރަދު ހަމަޖައްސައިދިނުމަށް އެންސްޕާ މެދުވެރިކޮށް ދޭ މާލީ އެހީ ނުލިބި ލަސްވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

3 Comments
ގުޅުންހުރި
އަހަރުގައި ބާކީ 5 މަސް، ސަބްސިޑީއަށް ކަނޑައެޅި ބަޖެޓްގެ 99 ޕަސެންޓް
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
ބަޖެޓު ހުސްވުމުން ވެސް ކޮންޓްރެކްޓުތަކުގައި ސޮއިކޮށް، އެޑްވާންސަށް ފައިސާ ދޫކުރި: އޮޑިޓު
ނުކުޅެދުންތެރި މީހުންނާ މެދު ސަރުކާރުން އިހުމާލުވާ މައްސަލަ ބަލާކަށް މަޖިލީހުން ބޭނުމެއް
ސައުދީ ފަންޑުން 385 މިލިއަން ނަގައިގެން 400 ފްލެޓް ހަދަނީ
ވީއައިއޭ މަޝްރޫއުއަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް