ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދަފުތަރު ނަންބަރު ރސ. 14358/ މާލެ، ޔޫސުފް ނަޒީރު (38) އަދި މާލެ، މ. ސިލްވާނެސްޓް އަހުމަދު އަފްސަލް (45އ) އެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނު 6:20 އެހާކަންހާއިރު ވީއައިއޭގެ ޑިޕާޗާ ހޯލުން، ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ފަރާތުން ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ.
”އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ދެ މީހުން ވަނީ ދޫކޮށްލާފަ“ ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




1 Comment
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި