މި މުޖުތަމައު ނުބައި ސިފަތަކުން ޣަރަގުވެގެންދާ ކަމަށާއި އަމިއްލަ ނަފުސު އިސްލާހު ނުކޮށްފި ނަމަ ގައުމު ސަލާމަތެއް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކީރިތި ގުރުއާނަކީ އަމިއްލައަށް އަޒުމު ކަނޑައަޅައިގެން އަމަލުކުރަން ފަށަންޖެހޭ އެއްޗެއް ކަމަށާއި އެހެން ނޫން ނަމަ، އެ އޮޅުވާލެވެނީ އަމިއްލަ ނަފުސަށް ކަމަށެވެ.
”މިއަދު އަޅުގަނޑުމެންގެ ގައުމު، އަޅުގަނޑުމެންގެ އަމިއްލަ ނަފުސު އިސްލާހު ނުކުރަންޏާ އަޅުގަނޑުމެންނަކަށް މާދަން ކަމެއް މިއަދު ކަމެއް ނޭނގެ މި ގައުމު ދޫކުރާނީ. ސަލާމަތެއް ނޯންނާނެ. އަޅުގަނޑުމެން މި ގައުމު ހަމަ މަގަށް ގެންދަންޏާ ވެސް އަޅުގަނޑުމެންގެ އަމިއްލަ ނަފުސު އިސްލާހުކުރަން އެބަ ޖެހޭ ނޫންތޯ މިގޮތުން. އަޅުގަނޑުމެންގެ މުޖުތަމައު މި އޮތީ މި ދެންނެވިގޮތަށް މިކަހަލަ ނުބައި ވަބާތަކާއި ސިފަތަކުގެ ތެރެއިން ޣަރަގުވެގެން މި އޮތް ދަނީ،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ގުރުއާނުގައި އަންގަވާފައިވާ ގޮތަށް ކަންތައްތައް ބައްޓަންކުރާ ބަޔަކަށްވުމަށް އިލްތިމާސްކުރައްވައި ރައީސް ވިދާޅުވީ އަނެކާއަށް ވެސް އޯގާވެރި ކުލުނުވެރި މުޖުތަމައެއް ބައްޓަންކުރަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އޭރުން މުޅި ގައުމު ވެގެންދާނީ މިސާލެއް ފަދަ ތަނަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.




9 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!