ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއްގެ އަތުން އިމިގްރޭޝަންގެ އޮފިސަރުންތަކެއް ފައިސާ އަތުލާފައިވަނީ އޭނާގެ އަތުގައި ސައްހަ ލިޔެކިޔުންތައް ހުއްޓައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ ތިން އޮފިސަރަކު ވަނީ ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް ވަދެ، އިމިގްރޭޝަނުން އަމަލުކުރާ އުސޫލުތަކާ ހިލާފަށް އޮޕަރޭޝަނެއް ހިންގައިފައި ކަމަށެވެ. އެ އޮޕަރޭޝަނުގެ މައުލޫމާތު، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ފުލުހުން ބުންޏެވެ.
އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފަށް އެ އޮޕަރޭޝަން ހިންގާފައިވަނީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އާއި މީޑިއާގައި މަސައްކަތް ކުރާ ތިން މީހުން ކަމަށާއި އެ ތިން މީހުން ފުރަތަމަ، ބިދޭސީން ދިރިއުޅޭ ގެއަށް ގޮސް އެތަން ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. ފަހުން ހަމަ އެރޭ އެފަދަ އޮޕަރޭޝަންތަކަށް ހާއްސަ ޓީމެއް އަލުން އެ ގެއަށް ފޮނުވައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގެ ތެރެއިން އަތުލައިގަތް ތަކެތި ގެންދިޔައީ އޮޕަރޭޝަނުގައި ބައިވެރިވި މުވައްޒަފުން ކަމަށް ފުލުހުން ބުންޏެވެ. އޮޕަރޭޝަންގެ ތެރެއިން ހަތް ބިދޭސީއަކު ހައްޔަރުކުރި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ފުލުހުން ބުނީ ބިދޭސީންގެ ތަކެތި ސީލްކޮށް އެމީހުން ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ކަމަށާއި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތް ބިދޭސީ މީހުންނަކީ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުުރި މީހުން ކަމަށާއި އޭގެ ތެރެއިން އެއް ބިދޭސީއެއް ހައްޔަރުކުރިއިރު އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފައިސާ ފެނުނު ބިދޭސީ މީހާ އެންމެ ފުރަތަމަ ގެންދިޔައީ ސްޓާ ކްލައުޑަށް ކަމަށާއި ނަމަވެސް ފަހުން ޝަމްއާން އަންގައިގެން އޭނާ ދޫކޮށްލި ކަމަށް ފުލުހުން ބުންޏެވެ. އެ ބިދޭސީ މީހާ ދޫކޮށްލުމުން ސްޕޮންސަރުގެ ގޮތުގައި ހަވާލުވީ ދިވެއްސެއް ކަމަށާއި އެ މީހާއަކީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިމިގްރޭޝަން އޮފިސަރެއްގެ އާއިލީ މެމްބަރެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދެސީ މީހާ ހައްޔަރުކުރިއިރު އޭނާގެ އަތުން ނެގި ފައިސާ އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައިވާ އަނބުރާ ހަވާލުކުރި ކަމަށާާއި އޭނާ ދޫކޮށްލުމުން އެންމެ ފުރަތަމަ ސައިކަލުގައި ސްޕޮންސަރާއެކު ދިޔަނަމަވެސް ޝަހީދު އަލީ ހިނގުމުން އޭނާ އިމިގްރޭޝަންގެ ވެހިކަލަށް އެރި ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ވަކި ކަންތައްތަކެއް ނިންމުމަށްފަހު އެ ބިދޭސީ މީހާ ދިރިއުޅޭ ގެއަށް އިމިގްރޭޝަން އޮފިސަރުން އޭނާ ގެންދިޔައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފަކު ސައިކަލެއްގައި ވެލާނާ ބިލިޑިން ކައިރިއަށް އައިސް ވެހިކަލުން އެ ފައިސާ ކޮތަޅު ނަގާ ޝައްމާންގެ ގެއަށް ގެންދިޔަ ކަމަށާއި އެ އޮފިސަރު ގެއިން ނިކުތްއިރު މުށުތެރޭގައި ހުސްކޮތަޅެއް ބޮނޑިކޮށްލައިފައިވާތަން ސީސީޓީވީ ފުޓޭޖުން ފެންނަކަން ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ގިނަ ބަޔަކާއި ސުވާުކޮށްފައިވާއިރު ގިނަ ބަޔެއްގެ ބަޔާން ވެސް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޝައްމާންގެ ކޯޓު އަމުރެއްގެ ދަށުން ޝައްމާންގެ ގެ ބަލާ ފާސްކޮށް ދެ 257،475 ރުފިޔާ އާއި 10،000 އެމެރިކާ ޑޮލަރާ އެހެނިހެން ގައުމުތަކުގެ ފައިސާ އިތުރުން އިލެކްޓްރޯނިކް ސާމަނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ.

1 Comment
ގުޅުންހުރި
ކޮފީފުޅި ވަގަށް ނެގި މީހަކު ހަތް ދުވަހަށް، ދަވާދު ދަޅެއް ވަގަށް
ގެއްލިގެން ހޯދަން އިއުލާނު ކުރި މީހަކު ޑްރަގް އެތެރެކުރަނިކޮށް ހައްޔަރުކޮށްފި
އެއާޕޯޓުން ސިނގިރޭޓް ކާޓަން ބޭރު ކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ޝަމްއާންގެ ބަންދަށް 15 ދުވަސް ޖެހި މައްސަލަ ހައިކޯޓަށް
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު ދެ މީހުން ދޫކޮށްލައިފި
ވަގު ގޯތި މައްސަލަ: ފަޒުލްއާއި ފަޒީލު ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި