މި އަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި، ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވި ހުރިހާ އެންމެންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވީ މިއަދު އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސްގެ ޕޯސްޓުގައި ޝުކުރު އަދާކުރެއްވި ފަރާތްތަކަކީ:
- އެމްއެންޑީއެފް
- ފުލުހުން
- ލޯކަލް ގަވަރުމަންޓް މިނިސްޓްރީ
- އިސްލާމިކް މިނިސްޓްރީ
- ސްޕޯޓްސް މިނިސްޓްރީ
- ހެރިޓޭޖް މިނިސްޓްރީ
- އެމްޓީސީސީ
- އެސްޓީއޯ
- ސްޓެލްކޯ
- ވެމްކޯ
- އެމްޕީއެލް
- އެމްޑަބްލިޔުއެސްސީ
- ޕީއެސްއެމް
- އެޗްޑީސީ
- އާރުޑީސީ
މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި އީދު ބޮކި ދިއްލުމާއި އީދު ހަވީރު ބޭއްވުމާއި ހަވާ އެރުވުމާއި ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި އެވެ.
އެގޮތުން މާލޭގައި ބޭއްވި އީދު ހަވީރުގައި ރައީސްގެ ދެކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.




1 Comment
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި