ރ. މަޑުއްވަރީގައި މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި މާރާމާރީ ހިނގާފައިވަނީ ދެބެންގެ ދެމެދުގައެވެ. އެގޮތުން ކޮއްކޮއަކު އޭނާގެ ބޭބެއަށް ހަމަލާދީފައިވަނީ ވަޅިއެއް ބޭނުންކޮށްގެންނެވެ.
ފުލުހުން މިއަދު ބުނީ، މަޑުއްވަރީގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 11:28 އެހާކަންހާއިރު ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ހެލްތު ސެންޓަރުގައި ފަރުވާދިން ކަމަށް ފުލުހުން ބުންޏެވެ. ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ނޭނގޭ އެވެ.
ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.




ގުޅުންހުރި
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް