އޯޓިޒަމް ކުދިންނަށް އަޅައިލުމާއި ލޯބިދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމް ދުވަހާ ގުޅިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ދިވެހި ދަރިއަކީ ގައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމަށެވެ.
އެގޮތުން އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ގައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދިން ކަމަށް ވިދާޅުވި އެވެ.
”އެކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ގައުމީ ވާޖިބެއް،“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.



