ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރަން ފެށުމުގެ ކުރިން ގަރާރަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ވޯޓަށް އަހަން މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުން މުހިންމު ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ހުޅުމާލޭން ބިމެއް ގަތުމަށް ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ވިދާޅުވެ ގަރާރެއް ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން ފަލާހު ވިދާޅުވީ ޝަމްހީދު އެފަދަ ގަރާރެއް ހުށަހަޅުއްވައިގެން އުޅެނީ މަޖިލީހުގެ ވަގުތު ބޭކާރު ކުރަން ކަމަށެވެ.
”އަޅުގަނޑަށް ފެނޭ ހަމަ ކުއްލި މައްސަލައެކޭ އެއްގޮތަށް ގަރާރަށް ވެސް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން. އެ ގަރާރެއް ހުށަހަޅާފައި މި މަޖިލީހުގައި އަޅުގަނޑުމެން އިއްޒަތްތެރި މެންބަރުންނަށް އެ ގަރާރަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ފަހު ބަހުސަކަށް ދިއުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް މުހިއްމު ކަމެއް،“ އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެފަދަ ބަދަލެއް ގަވާއިދަށް ގެނައުން މުހިންމީ ”ކުރިއަށް އޮތް ތަނުގައި ތަނަކުން ތަނަކު ނުޖެހޭ“ ގަރާރުތައް ގިނަވެދާނެތީ ކަމަށެވެ.“
މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފައި ތިބީ ތާކުންތަކު ނުޖެެހޭ ކަންތައް ކުރަން ނޫން ކަމަށާއި މެންބަރުން މަޖިލީހުގައި ތިބެނީ ދާއިރާގެ މެންބަރުން އެދޭ ގޮތަށް، ދާއިރާގެ ތަރައްގީއާ ގުޅޭ މަސައްކަތްތައް ސަރުކާރާ ގުޅިގެން ކުރަން ކަމަށް ފަލާހު ވިދާޅުވި އެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް