ކުޅުދުއްފުށި ސިޓީގައި ދުއްވާފައި ދިޔަ ސައިކަލަކާއި ޕޮލިސް ކާރެއްގައި ޖެހި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު މެންދުރު ފަހު 03:50 ހާއިރު ހިނގި އެ އެކްސިޑެންޓުގެ މަންޒަރުތައް އަރާފައިވާ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯގައި ފެންނަނީ ސްކޫޕީ ބްރޭންޑުގެ ސައިކަލަކާއި ޕޮލިސް ކާރެއް ޖެހޭ މަންޒަރެވެ. ސައިކަލު ދުއްވަން އިންނަނީ އަންހެނެކެވެ. އޭނާގެ ކުރިމަތީގައި ކުޑަ އަންހެން ކުއްޖަކު އިންނަތަން ފެންނައިރު، ސައިކަލު ދުއްވީ ބެލްޓެއް ނާޅަ އެވެ. ނަމަވެސް އެ ކުއްޖާގެ އުމުރެއް ސާފެއް ނޫނެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ގޯޅިއަކުން ސައިކަލު ނުކުތް ވަގުތު ޕޮލިސް ކާރު އައިސް ސައިކަލުގައި ޖެހިގެންނެވެ. އެކްސިޑެންޓުގައި ސައިކަލު ވިއްސައިގެން ގޮސް އަންހެން މީހާ އާއި ކުޑަކުއްޖާ ބިންމައްޗަށް ވެއްޓެ އެވެ. އެ ވަގުތު ޕޮލިސް ކާރުވެސް ވަގުތުން މަޑުކުރެ އެވެ. ނަމަވެސް ކުޑަ ކުއްޖާ ވިއްސައިގެން ގޮސް އޮތީ ކާރު ދަށުގަ އެވެ.
ވެއްޓުމާއެކު ވަގުތުން އަންހެން މީހާ ތެދުވެ ތުއްތު ކުއްޖާ ބިންމަތިން ނަގައި މަގުގެ އެއްކައިރިއަށް ޖެހޭތަން ވީޑިއޯ އިން ފެންނައިރު، ކާރުގައި ތިބި ދެ ފުލުހުން ވެސް ކާރުން ފައިބާ އަންހެން މީހާގެ ގާތަށް ދާ މަންޒަރު ފެނެ އެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު