ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ރައީސް އޮފީހުން 153،689.92 ރުފިޔާ ހަރަދުކޮށްފި އެވެ.
ރައީސް އެ ދަތުރުފުޅަކީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މިއަދު ވަނީ އެ ދަތުރަށް ދިޔަ ހަރަދުގެ ތަފުސީލުތައް ހާމަކޮށްފަ އެވެ.
”ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޖުމްލަ ހަރަދުކޮށްފައިވަނީ 153،689.92 ރުފިޔާ އެވެ،،،“ ރައީސް އޮފީހުން ބުންޏެވެ.
އިނގިރޭސިވިލާތައް ރައީސް ކުރެއްވި އެ ދަތުރުފުޅަކީ އެ ގައުމުގެ ލިވަޕޫލް ފުޓްބޯލް ކްލަބްއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވާ ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާއި ކުރި އަރަމުންދާ އުންމީދީ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދެވޭނެ ގޮތްތަކާއިމެދު މަޝްވަރާ ކުރައްވައިފަ އެވެ.
އަދި ވަނީ ލިވަޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން ވަނީ ޔުނިވާސިޓީ އޮފް ލީޑްސް އަށް ޒިޔާރަތްކުރައްވާ ރާއްޖެއާ އެ ޔުނިވާސިޓީން އެކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފަ އެވެ.

ގުޅުންހުރި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި