އޭޕްރިލް 28, 2025

ވަގު ގޯތި މައްސަލަ: އެޗްޑީސީން ފިޔަވަޅު އެޅި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި

”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ މީހަކަށް ގޯތި ލިބުނު ކަމަށް ލިޔުން ދިން މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ސަސްޕެންޑްކުރި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި އެވެ.

އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ 17 މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފައެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ 17 މުވައްޒަފުންގެ ތެރެއިން  ތެރެއިން ތިން މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެކަކު ވަނީ އަމިއްލައަށް އިސްތިއުފާދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ބާކީތިބި 13 މީހުންގެ ސަސްޕެންޝަން އުވާލުމުން މިހާރު އަނބުރާ މަސައްކަތަށް ނުކުންނަން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.،

ހިޔާނާތުގެ އެ މައްސަލަ ފެންމަތިވުމާ އެކު، އެޗްޑީސީގެ މުވައްޒަފުންތަކެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަސްޕެންޑުކުރި އެވެ. އޭގެ ފަހުން އެ މުވައްޒަފުން މަގާމުން ވަކިކޮށް، އަނެއްކާވެސް ވަޒީފާ ދީ، ސަސްޕެންޑުކުރި އެވެ. އެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލީ ޖިނާއީ ތަހުގީގަށްފަހުގަ އެވެ.

އެޗްޑީސީގެ ތެރެއިން ހިންގި އެ ހިޔާނާތާ ގުޅިގެން އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަގާމުން ސަސްޕެންޑުކުރި އެވެ. ފަހުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ފުލުހުން ފަޒުލްއަށް ކުރަނީ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ނައްތާލި ކަމުގެ ތުހުމަތެވެ.

2 Comments

  • Abdulla Shiyan އޭޕްރިލް 10, 2025

    Salhi. Dhen badhale hamajassaafa promotion e dhineema ragalhuvaane

  • Mohamed Anwar އޭޕްރިލް 10, 2025

    Goathi tha Halaaluveenun dhen dhin gotha bahatta … hahahha

Leave a Reply to Mohamed Anwar Cancel reply