ހުޅުމާލޭ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ނޭޕާލް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ، ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ މިރޭ 10:08 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މާރާމާރީ ހިނގާފައި ވަނީ، ނޭޕާލާއި ބަންގްލަދޭޝަށް ނިސްބަތްވާ ދެ ފިރިހެނުންގެ ދެމެދުގައި ކަމަށެވެ.
މި މާރާމާރީގައި ބަންގްލަދޭޝަން މީހާއަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލައާ ގުޅިހެން ނޭޕާލް މީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.









