ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާގެ ފަރިއްކޮޅަށް އެންމެ ދުވަހަކަށް 9،000 ރުފިޔާ ހަރަދުކުރި ވާހަކަ ދޮގުކޮށްފި އެވެ.
ރައީސްގެ އާއިލާގެ ފަރިއްކޮޅަށް އާރަށަށް ގެންދަން ގަތް ކަމަށް ބުނާ ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އޭގައިވާ ގޮތުން ގެރި މަހާ ޑިނގާގެ އިތުރުން ކަންބަޅި ބަކަރީގެ މަސް ގަތުމަށް ޖީއެސްޓީއާ އެކު ޖުމުލަ 9849.87 ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މުލިއާގެ / އާރަށުގެ ނަމުގައި މި މަހުގެ 10 ވަނަ ދުވަހު ހަދާފައިވާ އެ ބިލަށް ފައިސާ ދައްކާފައިވަނީ ވެސް ނަގުދު ފައިސާ އިންނެވެ.
އެކަމާ ގުޅިގެން މުލިއާގޭގެ މިނިސްޓަރު އިގުބާލް އާދަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުލިއާގޭ ބަޖެޓުން ރައީސްގެ ބޭނުންފުޅަށް ކޮށްފައިވާ ހަރަދެއް ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގެއް ކަމަށެވެ. އަދި އެފަދަ ހަގީގަތާއި ހިލާފު ދޮގު ހަބަރުތައް ނުފެތުރުމަށްވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

9 Comments
ގުޅުންހުރި
ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ކެބިނެޓުން ނިންމީ 2007ގެ ފަހުން
ތިން އަހަރުވެފައިވާ ސައިކަލާއި ފަސް އަހަރުވެފައިވާ ކާރުން ދެން އެތެރެ ނުކުރެވޭނެ
60 އަހަރުވުމުން ހާއްސަ ލައިސެންސެއް ނަގަންޖެހޭ ގޮތަށް ހަދައިފި، ކާރެއް ނުދުއްވޭނެ!
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ދެ ޕްރޮސިކިއުޓަރަކު ސަސްޕެންޑްކޮށްފި
ޓްރެވަލް އިންޑަސްޓްރީގެ އެންމެ މަގުބޫލު، ވެކޭޝަންސް އެކްސްޕޯ ފަށަން 4 ދުވަސް!
މެލޭޝިއާ، ލަންކާ، އިންޑިއާ އަދި ޔޫކޭގައި ދިވެހި އައިޑީކާޑު ހެދޭނެ ގޮތް